ރ. ކިނޮޅަހު ބޭރުން ފެނުނީ ގެއްލުނު ރަޝިއާގެ ޓޫރިސްޓުގެ ހަށިގަނޑެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ކިނޮޅަހު ބޭރުން 2026 ޖެނުއަރީ 04 ވަނަ ދުވަހު ފެނުނު ހަށިގަނޑުގެ ޑީއެންއޭ ތަހުލީލުތަކުން އެއީ ފިރިހެނެއްގެ ހަށިގަނޑުކަން ކަށަވަރުވެފައިވާކަމަށެވެ.
Advertisement
އެ ހަށިގަނޑާއި ކ. ކަނޑޫމާތިލަ ކައިރިން 2025 ޑިސެމްބަރު 21 ވަނަ ދުވަހު ފެނުނު ހަށިގަނޑުގެ ޑީއެންއޭގެ ނަތީޖާއަށް ބަލާއިރު، އެއީ 2025 ޑިސެމްބަރު 17 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ރަޝިއާގެ ފަތުރުވެރިޔާގެ ހަށިގަނޑު ނޫންކަން ވެސް ޔަގީންކުރެވިފަވާކަމަށް ފުލުހުން. ބުނެއެވެ.
އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ބުނެފަވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


