ވ. އަތޮޅު ކުޑަ އަންބަރާ ދިމާ 3 މޭލު ބޭރުގައި އޮތް 'ޔަސާވާ ޕްރިންސެސް' ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެފައިވާއިރު އޭގައި ތިބި 25 މީހަކު ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ، އެ ސަފާރީގައި ރޯވެފައިވާކަމުގެ މައުލޫމާތު ލިބުނީ، މިއަދު ހަވީރު 5:54 އެހާކަންހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު އެސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް އެ އަތޮޅު ފެލިދޫއަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި އަށް ފަޅުވެރިންނެވެ. އެއީ:
- 5 ފިރިހެން އަދި 12 އަންހެން ފަތުރުވެރިން
- 3 ދިވެހި ފަޅުވެރިންނާއި 5 ބަންގްލަދޭޝް އަދި ޖަރުމަނުގެ 1 ފިރިހެން ފަޅުވެރިއެއް
ސަފާރީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުންދާއިރު، ފުލުހުންދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށާއި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ބުންޏެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


