ހެންވޭރުގައި ހުންނަ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އަލިފާން ރޯވެފައިވަނީ ހެންވޭރުގައި ހުންނަ ހޮޓެލް އަލް-ޒައިކާގެ ބަދިގޭގައިއެވެ.
އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު 12:44 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފްގެ ފަޔަރު ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލައިފައިވާކަމަށެވެ.
އެގޮތުން، ފަޔަރު ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 13:00 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގައި އެ ހޮޓަލުގައި މަސައްކަތްކުރި ބިދޭސީއެއްގެ ފައި ވަނީ ފިހިފައެވެ. އޭނާއަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




