ޒުވާނުންނަށް އަމާޒުކޮށްގެން، ސޮފްޓް މޭކަޕް އާއި ކޮރިއަން ސްކިންކެއަރ އާ ބެހޭ ޚާއްސަ ވޯކްޝޮޕެއް ސޯޝަލް ސެންޓަރުގައި ބާއްވަން ނިންމައިފިއެވެ.
މި ވޯކްޝޮޕްގައި، ދާއިރާގެ އިސް ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން، ސޮފްޓް މޭކަޕްގެ އެކި އުކުޅުތައް ދަސްކޮށްދެވޭނެއެވެ. މީގެ އިތުރުން، ދުނިޔޭގައި ވަރަށް މަގުބޫލުކަން ހޯދާފައިވާ ކޮރިއަން ސްކިންކެއަރގެ މައްޗަށް ތަފްސީލީ މައުލޫމާތާއި، އުކުޅުތައް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ވޯކްޝޮޕް ކުރިއަށް ދާނީ މި މަހުގެ 24، 25 އަދި 27 ވަނަ ދުވަހުއެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް ސޯޝަލް ސެންޓަރުގައި މި ވޯކްޝޮޕް ކުރިއަށް ދާނެއެވެ.
Learn soft makeup techniques and develop expertise in Korean skincare with top experts. Open for ages 18 to 35.
Sign up here:https://t.co/OXIH842hT4 pic.twitter.com/9iKVodH60a
— Ministry of Youth Empowerment, Information and Art (@YouthGovMv) September 21, 2025
މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. ވޯކްޝޮޕްގައި ބައިވެރިވުމަށްޓަކައި، އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރ ކޯޑު ސްކޭންކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




