ދަނޑުވެރިކަމުގެ ދާއިރާއިން މަތީތައުލީމް އުގެނުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މިއީ ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ދަނޑުވެރިކަމުގެ ދާއިރާއިން، ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމަށް ހުޅުވާލި ފުރުސަތެކެވެ.
ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް އަކީ ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.
ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު އުގެނުމަށް ހުޅުވާލި ފުރުސަތުގައި ހިމެނެނީ ބެޗްލާސް ޑިގްރީ ގެ 2 ކޯހެކެވެ. އެއީ
އެގްރިކަލްޗަރަލް ސައިންސް އަދި އެގްރިކަލްޗަރ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ) އެވެ.
މި ކޯސްތައް ކުރިޔަށް ގެންދާނީ އޭޝިއާ އަދި ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތަކުގައެވެ. އަދި މި ކޯސްތަކުގައި ކިޔަވާ ދަރިވަރުންގެ ކޯސް ފީ، ބުކް އެލަވަންސް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް އަހަރަކު އެއްފަހަރު) އެސްޓަބްލިޝްމަންޓް އެލަވަންސް (އެއްފަހަރު)، ޑިޕާރޗަރ އެލަވަންސް (އެއްފަހަރު) އަދި ސްޓައިޕަންޑް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް) ލިބޭނެއެވެ
މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު 2025 ސެޕްޓެމްބަރ 18 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
އިތުރު މައުލޫމާތު https://www.gazette.gov.mv/iulaan/355982 އިން ލިބޭނެއެވެ.
ރާއްޖޭގެ އިގްތިޞާދުގެ މައިގަނޑު ދާއިރާއަކަށް ދަނޑުވެރިކަން ހެދުމަށް ކުރަމުންދާ މަސައްކަތުގައި، ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީންތަކާއި އެކު ޒުވާނުން މި ދާއިރާއަށް ނެރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް