ބޮޑުތަކުރުފާނުމަގު ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި މަގުބަންދުކުރުމަށް ނިންމައި އެކަން މާލޭ ސިޓީ ކައުންސިލްއިން އިއުލާނުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ބޮޑުތަކުރުފާނުމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި 18 އޮގަސްޓު 2025 ން 13 އޮކްޓޫބަރު 2025 ގެ ނިޔަލަށް ބޮޑުތަކުރުފާނު މަގުގެ އެއްފަޅި ބަންދުކުރެވިފައިވާ ކަމަށެވެ.
ބޮޑުތަކުރުފާނުމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި 18 އޯގަސްޓް 2025 ން 13 އޮކްޓޯބަރ 2025 ގެ ނިޔަލަށް ބޮޑުތަކުރުފާނުމަގުގެ އެއްފަޅި ބަންދުކުރެވިފައިވާ ވާހަކަ އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި، މިކަން އާންމުކޮށް އަންގާ އިޢުލާން… pic.twitter.com/tEv2SSHCMQ
— Malé City Council (@MaleCitymv) August 17, 2025
ސިޓީ ކައުންސިލުން ވަނީ މިކަމުގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މަޢާފަށް އެދިފައެވެ.
އަދި މިސަރަހައްދު އެނގޭނެ ގޮތުގެ ޗާޓެއްވެސް ސިޓީ ކައުންސިލުން ވަނީ އާންމުކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް