އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިއާ ޝޯން ކިންގްސްޓޯންއަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފިއެވެ.
އޭނާއަށް ޖަލު ހުކުމެއް އައިސްފައިވަނީ އެތައް ބަޔަކު އަތުން މަކަރާއި ހީލަތުން އަގުބޮޑެތި މުދާތައް ހޯދި މައްސަލައެއްގައެވެ.
މި މައްސަލައިގައި "ބިއުޓިފުލް ގާލްސް" ފަދަ ލަވަތަކުން މަޝްހޫރުކަން ލިބިފައިވާ ޝޯން ކިންގްސްޓޮން، އަސްލު ނަމުން ނަމަ ކިސިއަން އެންޑަސަންގެ މަންމައަށް ވެސް ހުކުމްކޮށްފަ ވެެއެވެ.
ޝޯން އާއި އޭނާގެ މަންމަ ވަނީ މީހުންގެ އަތުން އަގުބޮޑެތި ކާރު ފަދަ ތަކެތި ހޯދުމަށް ފަހު ފޭކް ޓްރާންސްފަރ ސްލިޕް ފޮނުވާފަވެ.
ހުކުމް އިއްވުމުގެ ކުރިން ޝޯން ވަނީ ކޯޓުގައި ކުށަށް އިއުތިރާފުވެ އެކަމަށް މާފަށް އެދިފައެވެ.
އޭގެ އިތުރުން ޝޯން ވަނީ ކޯޓަށް މައްސަލަ ވެއްދުމާއެކު އޭނާ މީހުން އަތުން ހޯދައިފައިވާ ބައެއް މުދާާތައް އަބުރާ އެމީހުންނަށް ދޭން ފަށާފައެވެ.
ޝޯންގެ ވަކީލު ވަނީ ކުޑައިރު ނިކަމެތިކޮށް ވަރަށް ހާލުގައި އުޅުނު މީހަކަށް ވުމުން ޝޯންގެ ވިސްނުން އަދިވެސް ހުންނަނީ "ވަރަށް ޅަކޮށް" ކަމަށް ބުނެ އޭނާ ދިފާއުކުރަން މަސައްކަތް ކޮށްފައެވެ.
މި މައްސަލައިގައި ޝޯންގެ މަންމައަށް ޖުލައި މަހު ހުކުމްކޮށްފަވާއިރު، އޭނާއަށް ފަސް އަހަރުގެ ހުކުމެއް އައިސްފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް