ފެނަކަ ކޯޕަރޭޝަނުގެ އައު ޗެއާމަނަކަށް، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން ޝާމް އާދަމް ހަމަޖައްސައިފިއެވެ.
ފެނަކައިގައި މީގެ ކުރިން އެ ކުންފުނީގެ ޑިރެކްޓަރުކަން ކުރައްވާފައިވާ ޝާމް، އެ މަޤާމަށް ހަމަޖެއްސުމާއެކު ފެނަކައިން ވަނީ ޝާމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ފެނަކައިގެ ދަރަނީގެ މައްސަލަތައް ބޮޑުވެ، އެސްޓީއޯގެ ދަށަށް އެ ކުންފުނި ބަދަލުކުރަން ނިންމީ މި ސަރުކާރުންނެވެ. އެއާއެކު ފެނަކައަކީ އެސްޓީއޯގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏަކަށް ހަދަން ސަރުކާރުން ނިންމިއެވެ.
މި ކުންފުންޏަށް އަލަށް ޢައްޔަންކުރެއްވި ޗެއާރމަން، އަލްފާޟިލް ޙުސައިން ޝާމް އާދަމް
މި ކުންފުންޏާ ގުޅިވަޑައިގަތުމަކީ ކުންފުންޏަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް.
ޗެއާރމަން ޝާމަށް ކުންފުނީގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން. #TeamFenaka pic.twitter.com/GsP8SxD9CB— Fenaka Corporation Ltd (@TeamFenaka) July 8, 2025
އެ ކަމާ ގުޅިގެން ގެނައި ބަދަލުތަކުގެ ތެރޭގައި އެ ކުންފުނީގެ ޗެއާމަނަކަށް, އެސްޓީއޯގެ ޗެއާމަން ޝިމާދު އިބްރާހީމް އައްޔަނުކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރުގައެވެ.
އެހެން ނަމަވެސް އޭގެ ފަހުން މިިދޔަ ނޮވެންބަރުގައި އެސްޓީއޯއިން ވަނީ، ފިނޭންސް މިނިސްޓްރީގެ އެންގުމަކަށް އެ މަސައްކަތް ހުއްޓާލައިފައެވެ.
ފެނަކައިން ވަނީ ޝިމާދު އެކުންފުންޏަށް ކޮށްދެއްވި ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް