މާލޭ ގެއެއްގެ ތެރޭގައި ބިދޭސީއަކު ބަންދުކޮށްފައި ހުރި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.
މިކަމާ ގުޅިގެން މީޑިއާއަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މާލޭ ގެއެއްގައި ހުއްދަ ނޫން ގޮތެއްގައި މީހަކު ބަންދުކޮށްފައި ހުރި ކަމަށް މިއަދު ހެނދުނު 6:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށާއި މި މައްސަލައާ ގުޅިގެން އެތަނުގެ ތަޅު ހަލާކުކޮށްލައިގެން ވަދެ، އެމީހާ އެ ތަނުން ނެރެފައިވާ ކަމަށާއި، އެއީ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.
އަދި އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް، ޞިއްޙީ ހާލަތު ބެލުމަށް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށާއި، އެ މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިވާ ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް