ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރުގެ މަޤާމުން މުހައްމަދު އަބުދުލް ކަރީމް (ރުކުމާ) އިސްތިއުފާ ދެއްވައިފިކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެގޮތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެބޭފުޅާ އިސްތިއުފާ ދެއްވީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.
ފެނަކައިން މިއަދު ކުރި ޕޯސްޓެއްގައި ރުކުމާ އެ ކުންފުންޏަށް ކޮށްދެއްވި މަސައްކަތަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަޅުގަނޑުމެންގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް މުޙައްމަދު ޢަބްދުލް ކަރީމް، މި ކުންފުންޏަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. މި ކުންފުންޏަށް ޚިދުމަތްކޮށްދެއްވި މުއްދަތުގައި ދައްކުވައިދެއްވީ ލީޑަރޝިޕްގެ ނަމޫނާ… pic.twitter.com/R1NIOGzGjB
— Fenaka Corporation Ltd (@TeamFenaka) July 1, 2025
ރުކުމާ ވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޑެޕިއޓީ މެނޭޖިންގް ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް