ގަވާއިދާ ހިލާފަށް މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކު ކޮށްގެން 420 އުޅަނދެއް މިހާތަނަށް ޓޯ ކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވެއްޖެއެވެ.
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ މައްސަލަ ބޮޑުވުމުން ފުލުހުން ވަނީ މިދިޔަ މަހުން ފެށިގެން އެ ދެ މަގުން ވެހިކަލް ޓޯކުރަން ފަށައިފައެވެ.
Advertisement
އެގޮތުން ފުލުހުން ވަނީ މިދިޔަ ޖޫން މަހުގެ 12 އިން 30 އަށް އެ ދެ މަގުން ޓޯ ކުރި އުޅަނދުތަކުގެ އަދަދު ހާމަކޮށްފައެވެ.
މަޖީދީ މަގުން:
- 216 ސައިކަލު
- ހަތަރު ފުރޮޅުލީ ދެ އުޅަނދު
- ތަކުރާރުކޮށް އެއް ސައިކަލު
ބޮޑުތަކުރުފާނު މަގުން:
- 216 ސައިކަލު
- ހަތަރު ފުރޮޅުލީ ދެ އުޅަނދު
- ތަކުރާރުކޮށް އެއް ސައިކަލު ޓޯކުރި
ފުލުހުން ވަނީ އެ ދެ މަގުގައި ޕާކުކުރުން މަނާކަން އަންގައި ފުލުހުން ވަނީ ކޯނު ޖަހައި ޓޭޕު ދަމައިފަ އެވެ. އަދި ބައެއް ހިސާބުތަކުގައި ބެރިކޭޑު ވެސް ބަހައްޓާފައި ހުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް