އައްޑޫ ސިޓީގައި ބޭއްވި އުރީދޫ ފަން ރަންގައި ބައިވެރިވެ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިގޮތުން، އުރީދޫ ފަން ރަންއާ ގުޅިގެން ޖޫން 26ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫގައި ބޭއްވި ކުޑަކުދީންގެ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ވަނީ ފޮޓޯ ނެގުމުގެ ސްޓޯލްތަކެއް ބަހައްޓާފައެވެ.
އަދި، ޖޫން 27ވަނަ ދުވަހު މަރަދޫގައި ކުރިއަށްދިޔަ އުރީދޫ ފަން ރަންގައި، ދުވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވުމުގެ އިތުރުން، ދުވުމުގެ ބައިވެރިން ބޭނުންކުރި ކުލަތައް، ދުވުން ނިމުމުން މަގުތަކުން ދޮވެ ސާފުކުރުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް