ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ހއ. ކެލާ ކައުންސިލާއި ބައްދަލު ކުރައްވައި ދަނޑުވެރިކަމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅިގެން މަޝްވަރާކުރައްވައިފިއެވެ.
އެކަމަނާ އެ ކައުންސިލަށް ޒިޔާރަތް ކުރެއްވީ ހދ. އަދި ހއ. ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން، ކެލާ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އެރަށުގެ ދަނޑުވެރިކަމުގައި ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ވަނީ ވަޒީރާއި ހިއްސާކުރައްވާފައެވެ.
ވަޒީރު ޑރ. މަރްޔަމް މާރިޔާ ހއ. ކެލާ ކައުންސިލާއި ބައްދަލު ކުރެއްވުން
މި ބައްދަލުވުމުގައި އެރަށުގެ ދަނޑުވެރިކަމުގައި ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ވަނީ ވަޒީރާއި ހިއްސާކުރައްވާފަ.
އަދި ކެލާގައި ފުޑް ސެކިޔުރިޓީގެ މަސައްކަތްތައް ފެށުމާއި ގުޅޭގޮތުންވެސް ވަނީ… pic.twitter.com/hG456q7ayz— Ministry of Agriculture and Animal Welfare (@MAAWmv) June 17, 2025
އަދި ކެލާގައި ފުޑް ސެކިޔުރިޓީގެ މަސައްކަތްތައް ފެށުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތްކުރައްވައި ވަޒީރު ވަނީ އެގްރިކަލްޗަރ ސެންޓަރގައި ދަނޑުވެރިކަމުގެ އެކި މަޝްރޫއުގެތެރެއިން ހައްދާފައިވާ ގަސްތައް ބައްލަވާލައްވަވާ، އެ މަޝްރޫޢުތަކާއި ބެހޭ މަޢުލޫމާތުތައް އޮޅުންފިލުވާފައެވެ.
އަދި އެކަމަނާ ވަނީ ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހދ. ހަނިމާދޫ ކައުންސިލަށް ބަނބުކެޔޮ ގަސް ހަދިޔާކޮށްފިއެވެ. ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހދ. ހަނިމާދޫ ގައި ބަނބުކެޔޮ ގަސް ހެއްދުމަށްޓަކައި އެރަށުކައުންސިލަށް ވަނީ 50 ގަސް ވަނީ ހަދިޔާކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް