ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުގެ ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން 03 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެގޮތުން ހައްޔަރުކުރެވުނު 03 ބިދޭސީންނަކީ އިއްޔެ ހުޅުމާލޭގައި ހުރި ބިދޭސީން ދިރިއުޅޭ އިމާރާތެއް ބަލައި ފާސްކުރިއިރު ސައްހަ ލިޔެކިޔުންތައް ނެތި ގަވާއިދާ ހިލާފަށް އުޅޭކަމަށް ފާހަގަކުރެވުނު ބިދޭސީންކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ ރޭ ވަނީ ހުޅުމާލޭގައި ހުރި ބިދޭސީން ދިރިއުޅޭ އިމާރާތެއް ބަލައި ފާސްކޮށްފައި. މި އޮޕަރޭޝަނުގައި، ސައްހަ ލިޔެކިޔުންތައް ނެތި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ… pic.twitter.com/KNvqPsWM6o
— Maldives Immigration (@ImmigrationMV) May 29, 2025
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްޞަ އޮޕަރޭޝަންތައް ދަނީ އިމިގްރޭޝަނުން މިހާރު ހިންގަމުންދާއިރު، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒަވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން، އިމިގްރޭޝަނުން ވަނީ މިއަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފައިވެއެވެ. މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެމީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް