މުވާސަލާތް ކުރިއަރާފައިވާ މިޒަމާނުގައި ދިވެހިރާއްޖޭގެ އާމުދަނީ ހޯދޭނެ މަގުތައް ފަހި ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ މުވާސަލާތާއި މައުލޫމާތު ދާއިރާގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް އިތުރަށް ވިދަޅުވީ މުވާސަލާތީގޮތުން ކުރިއަރާފައިވާ ދުނިޔޭގައި ދިވެހިރާއްޖެ އިޝްތިހާރުކޮށް މަގުބޫލުކަން އިތުރުކުރުމަށްވެސް މަސައްކަތްކުރަންޖެހޭނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން އަޅުގަނޑުމެން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރުކޮށް، މަޤްބޫލުކަން އިތުރު ކުރުމަށް. ޤައުމަށް އާމުދަނީ ހޯދޭނެ މަގުތައް ފަހި ކުރުމަށް.
މުވާޞަލާތާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ އެކި މަސައްކަތްތައް ރާއްޖޭގައި ކުރައްވަވާ… pic.twitter.com/iih32a4HzA
— Dr Mohamed Muizzu (@MMuizzu) May 17, 2025
ދުވަހުގެ ތަހުނިޔާ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް އަރުއްވަމުން ރައީސް ވިދާޅުވީ މި ދާއިރާގެ ހިދުމަތްތެރިންނަށް އިތުރު ކާމިޔާބީއަށް އެދޭ ކަމަށެެވެ.
ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ 17 އަކީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީގެ ދުވަހެވެ. މި އަހަރުގެ މިދުވަހުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ "ޑިޖިޓަލް ޓްރާންސްފޮރމޭޝަންގައި މިންތީގެ ހަމަހަމަކަން" އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް