ފަލަސްތީނުގެ ހުޅަނގު ކަރޭ (ވެސްޓް ބޭންކް) ގެ ރަށްފުށުގެ ސަރަހައްދެއްގައި ފަލަސްތީނު އާއިލާތަކާއެކު ޒައިތޫނި ބިނުމުގެ އަހަރީ ހަރަކާތުގައި ބައިވެރިވަމުންދިޔަ ވިލާތުގެ އިއްތިހާދު (އީޔޫ) އާއި ވިލާތުގެ އެކި ގައުމުތަކުގެ އިސް ޑިޕްލޮމޭޓުންގެ ދެފުރާތަކަށް އިސްރާއީލުގެ ހައްދުފަހަނައެޅި ވަޒަންވެރިން ހަމަލާތަދިން މައްސަލަ ހޫނުވެއްޖެވެް.
މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް ޑިޕްލޮމޭޓުންނާއި ފަލަސްތީނު ރައްޔިތުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ވެފައެވެ.
މި ހާދިސާ ހިނގި ވަގުތު އިސްރާއީލުގެ އަސްކަރިއްޔާ ސަރަހައްދުގައި ތިބި ނަމަވެސް، ވަޒަންވެރިން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އީޔޫގެ މިޝަންއިން ވަނީ ތުހުމަތުކޮށްފައެވެ.
ވިލާތުގެ އިއްތިހާދުން ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ހުޅަނގު ކަރޭގައި ފަލަސްތީނު ރައްޔިތުންގެ ޒައިތޫނި ދަނޑުތަކަށް ވަޒަންވެރިން ދެމުންދާ ހަމަލާތައް ހުއްޓުވައި، އިންސާފު ގާއިމުކުރުމަށް އިސްރާއީލު ސަރުކާރަށް ގޮވާލާފައެވެ.





