އިނގިރޭސިވިލާތަށް ދަތުރުކުރާ އަދި އެ ގައުމު މެދުވެރިކޮށް އެހެން ގައުމުތަކަށް ޓްރާންސިޓްކުރާ ދިވެހިން، އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) އަށް ސަމާލުވުމަށް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، ދަތުރު ފެށުމުގެ ކުރިން އިނގިރޭސިވިލާތަށް އެތެރެވުމާއި ޓްރާންސިޓް ކުރުމުގެ އެންމެ ފަހުގެ ގަވާއިދުތައް ބެލުމަށް އިލްތިމާސްކުރާ ކަމަށެވެ.
Notice: UK Electronic Travel Authorisation (ETA)
Maldivian nationals planning to travel to or transit through the United Kingdom are advised to check the latest UK entry and transit requirements before their journey, including whether an Electronic Travel Authorisation (ETA) is required.
For official guidance and the latest information, please visit: https://t.co/2sqrFsrTIF
— Maldives in UK (@MDVinUK) October 17, 2026
އަދި އޭގެ ތެރޭގައި އީޓީއޭ ނަގަން ޖެހޭތޯ ޔަގީންކުރުން ހިމެނޭ ކަމަށްވެސް ހައި ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
އީޓީއޭއަށް އެދުމުގެ ފީއެއްގެ ގޮތުގައި 20 ޕައުންޑް ދައްކަންޖެހޭނެއެވެ.





