އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސީ އޭޖެންސީ (ސީއައިއޭ) ގެ ވެރިޔާ

އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސީ އޭޖެންސީ (ސީއައިއޭ) ގެ ވެރިޔާ ކުރިން އިއުލާންކުރުމެއް ނެތި، ކުއްލި ގޮތަކަށް ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގެން އެ ގައުމުގެ އިސް މަސްއޫލުވެރިންނާއެކު ސިއްރު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް އެމެރިކާގެ މައި މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މިއީ ދެ ގައުމުގެ މެދުގައި ސިޔާސީ އަދި އަސްކަރީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ކުރިން ހާމަކުރުމެއް ނެތި ކުރެއްވި ދަތުރުފުޅެކެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ސީއައިއޭގެ ވެރިޔާ މޮސްކޯއަށް ކުރެއްވި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ދެ ގައުމުގެ މެދުގައި އޮތް ސެކިއުރިޓީ ގުޅުންތަކާއި، ސަރަހައްދީ ހަމަނުޖެހުންތައް ކުޑަކުރުމާ ގުޅޭގޮތުންނެވެ. އަދި ބައިނަލްއަގުވާމީ މަޝްރަހުގައި އުފެދިފައިވާ ހައްސާސީ މައްސަލަތަކުގެ ތެރެއިން ދެ ގައުމުގެ މެދުގައި ހިނގާފާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން ޑިޕްލޮމެޓިކް ސިއްރު މަގުތަކުން މުއާމަލާތްތައް ދެމެހެއްޓުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެފަރާތުންވެސް ދެކެއެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން އެމެރިކާގެ އަދި ރަޝިޔާގެ ސަރުކާރުން ރަސްމީކޮށް ތަފްސީލުތަކެއް ހާމަކޮށްފައި ނުވި ނަމަވެސް، މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ ކުރިމަތިވެފައިވާ ނުތަނަވަސްކަން ކުޑަކޮށް، ސީދާ ވާހަކައްކައިގެން ހައްލު ހޯދުމަށް ކުރެވުނު މުހިންމު ދަތުރުފުޅެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް