އެމެރިކާގެ 'ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ' ލިސްޓުން ސީރިއާ އުނިކޮށްފި

އެމެރިކާގެ "ސްޓޭޓް ސްޕޮންސާ އޮފް ޓެރަރިޒަމް" ނުވަތަ ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިއާ އުނިކުރުމަށް އެމެރިކާ ސަރުކާރުން ވަނީ ރަސްމީކޮށް ނިންމާފައެވެ.

މިއީ ފާއިތުވި ގިނަ އަހަރުތަކެއްގެ ތެރޭގައި ސީރިއާގެ ސިޔާސީ، އިގްތިސާދީ އަދި ޚާރިޖީ މަޝްރަހަށް އަންނާނެ އެންމެ ބޮޑު އެއް ބަދަލުގެ ގޮތުގައި ބައިނަލްއަގުވާމީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ. އެމެރިކާގެ ހާރިޖިއްޔާއިން މި ނިންމުން ނިންމާފައިވަނީ ސަރަހައްދީ ސެކިއުރިޓީއަށާއި ސިޔާސީ މަޝްރަހަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކުރުމަށްފަހުއެވެ.

މި ލިސްޓުން ސީރިއާ އުނިކުރުމާއެކު، އެ ގައުމާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ އިގްތިސާދީ އަދި މާލީ ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ބޭރުގެ ކުންފުނިތަކަށް ސީރިއާއާއެކު ވިޔަފާރި މުއާމަލާތްތައް ކުރުމަށް މަގުފަހިވެ، ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަނެ ގައުމު އާރާސްތުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޭރުގެ އިންވެސްޓްމަންޓްތައް ވަނުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

މީގެއިތުރުން، އެމެރިކާގެ މި ފިޔަވަޅުގެ ސަބަބުން ސީރިއާއާއި ހުޅަނގުގެ ގައުމުތަކުގެ މެދުގައި އޮތް ސިޔާސީ ނުތަނަވަސްކަން ކުޑަވެ، މެދުއިރުމަތީގެ ސުލްހައާއި ހަމަޖެހުމަށް އެދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. ބައިނަލްއަގުވާމީ މުޖުތަމައާ ސީރިއާ އަލުން ގުޅި، ގައުމުގެ އިގްތިސާދު ކޮޅަށް ޖެހުމަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް މިއީ ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް