އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން ބަންދުވެފައިވާ ތެޔޮ އުފުލާ މުހިންމު މަގު، ހޯރްމުޒް ކަނޑުއޮޅި (ސްޓްރެއިޓް އޮފް ހޯރްމުޒް) އަލުން ހުޅުވާލުމަށް އީރާނާއެކު "މިއަދު ނޫނީ މާދަމާ" އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވެއްޖެއެވެ.
ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި ބެސެންޓް ވިދާޅުވީ، އީރާނާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ކަނޑުއޮޅި ހުޅުވާލައި މަޝްރަހު ހަމައަކަށް އަޅުވައިފާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. މި އުއްމީދާއެކު ދުނިޔޭގެ ބާޒާރުގައި ސާމް ތެލުގެ އަގު ވަނީ 4 އިންސައްތައަށްވުރެ ދަށަށް ގޮސްފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ މިއީ އީރާނަށް ލިބޭ "އެންމެ ފަހު ފުރުސަތު" ކަމަށް ވިދާޅުވެ، ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ އެއްބަސްވުން ވަރަށް އަވަހަށް ގާއިމުކުރެވޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އީރާނުގެ ހާރިޖީ ވުޒާރާއިން ވަނީ އެމެރިކާއާއެކު ސީދާ މަޝްވަރާތަކެއް ނުކުރާ ކަމަށާއި، މަޝްވަރާތައް ކުރިއަށްދަނީ އޯމާން މެދުވެރިކޮށް ކަމަށް ބުނެފައެވެ.
"އަޅުގަނޑުމެން އީރާނާއެކު މަޝްވަރާ ކުރަމުން އެބަގެންދަން. އަދި މިއަދު ނުވަތަ މާދަމާ ކަނޑުއޮޅި ހުޅުވާލައި، މި ނުވަތަނަވަސްކަން އާދައިގެ ހާލަތަކަށް ބަދަލުކުރުމުގެ އެއްބަސްވުމަކަށް އާދެވުމުގެ ފުރުސަތު އެބިއޮތް." އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް:



