އިރާންގެ ކުރީގެ ރޫހާނީ ލީޑަރުގެ ފޮޓޯގެ ކުރިމަތީގައި އަންހެނަކު ހުއްޓިލައިގެން

އީރާނުގެ އެންމެ މަތީ ވެރިޔާ އަޔާތުއްލާ އަލީ ޚާމަނެއީގެ ޖަނާޒާގެ ރަސްމިއްޔާތު ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އެގައުމުގެ ސަލާމަތީ ފިޔަވަޅުތައް އެންމެ މަތީ ދަރަޖައަށް ވަރުގަދަކޮށްފިއެވެ.

ވެރިރަށް ތެހެރާނުގެ މަގުތަކަށާއި މުހިންމު ސަރުކާރުގެ އިދާރާތައް ހުންނަ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނާއި ސަލާމަތީ ބާރުތަކުން ދަނީ ނެރެމުންނެވެ.

މި ބޮޑު ރަސްމިއްޔާތާ ދިމާކޮށް އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުވަތަ ސަލާމަތީ ނުރައްކަލެއް ކުރިމަތިވިޔަނުދިނުމަށްޓަކައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ދަނީ މުޅި ސަރަހައްދު ހަރުކަށިކޮށް މޮނިޓަރު ކުރަމުންނެވެ.

ޚާމަނެއީގެ ޖަނާޒާއަށް ބޭރު ގައުމުތަކުގެ އިސްވެރިންނާއި ވަފުދުތައް ވަޑައިގަންނަވާނެތީ، ވައިގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ވައިގެ ދިފާއީ ނިޒާމުތައްވެސް ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.

އީރާނުގެ ދާޚިލީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި، ޚާމަނެއީ އަވަހާރަވުމަކީ އެގައުމުގެ ސިޔާސީ އަދި އިދާރީ ހިންގުމަށް ބޮޑު ލޮޅުމެއް އަރާނެ ކަމެކެވެ. އެހެންކަމުން، ގައުމުގެ ހަމަޖެހުން ހިފެހެއްޓުމަށާއި ވެރިކަން ބަދަލުވުމުގެ މަރުހަލާ އަމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ދަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ. ޖަނާޒާގެ ރަސްމިއްޔާތަށްފަހު، އީރާނުގެ އާ އެންމެ މަތީ ވެރިޔާ އައްޔަންކުރުމުގެ ރަސްމީ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް