އިރާނުން ސައުދީ ތެޔޮ ކާރުހާނާތަކަށް ހަމަލާދޭން ފަށައިފި

އުރާނުން ސައުދީ އަރަބިއްޔާގެ ތެޔޮ ކާރުހާނާތަކަށް ހަމަލާދޭން ފަށައިފި އެވެ.

މިއީ އިރާނުން ސީދާ ސައުދީގެ އަމާޒަކަށް ހަމަލާ ދިން ފުރަތަމަ ފަހަރެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު ތެޔޮ ކުންފުނީގެ ފެސިލިޓީއެއްގައި ބޮޑު އަލިފާން ރޯވެ އަނދަމުންދާތަން ފެނެއެވެ.

އެމެރިކާގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވަނީ އިރާންގެ ރޫހާނީ ލީޑަރު އާޔަތުއްލާ ހަމާނީ އަވަހާރަކޮށްލަން އެމެރިކާއަށް ބާރުއަޅާފައެވެ.

އަދި ސައުދީން އަންނަނީ އެމެރިކާއިން އިރާނަށް ހަމަލާދިނުމުގައި އެހީވަމުންނެވެ.

ސައުދީގެ ތެޔޮވަޅުތަކަށް ހަމަލާދިނުމާއެކު ދުނިޔޭގެ ބާޒާރުގެ އަގު އާދަޔާ ހިލާފަށް މައްޗަށް ދާނެކަމަށް މާހިރުން ލަފާކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް