ތައިލޭންޑުން ކެމްބޯޑިއާއަށް ވައިގެ މަގުން ހަމަލާތަކެއް ދީފި

ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި ތައިލޭންޑުގެ ސިފައިންގެ މީހަކު މަރުވެފައިވަނިކޮށް، ތައިލޭންޑުން ކެމްބޯޑިއާގެ އަސްކަރީ އަމާޒުތަކަށް ވައިގެ މަގުން ހަމަލާ ދީފިއެވެ.

މި ހަމަލާތަކާއެކު އެމެރިކާއިން އެ ދަގުއުމުގެ މެދުގައި އެކުލަވާލި ހަމަޖެހުން ވަނީ ނިމުމަކަށް އައިސްފައެވެ.

ތައި އެއާފޯސް އިން ވަނީ ކެމްބޯޑިއާގެ އަސްކަރިއްޔާއިން ބޭނުން ކުރަމުން އަންނަ ހަތިޔާރު ގުދަންތަކާއި ސިފައިންގެ މަރުކަޒުތަކަށް ހަމަލާ ދީފައެވެ.

ކެމްބޯޑިއާއިން ވަނީ ތައިލޭންޑުގެ މި ހަމަލާތަކަކީ "ހަރުކަށި" ހަމަލާތަކެއް ގޮތުގައި ސިފަކޮށްފައެވެ.

ދެފަރާތުން ވެސް ހަމަ ނުޖެހުމުގެ ޒިިންމާ އެނެއް ފަރާތަށް ދޫކޮށްފައެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން ތައިލޭންޑުގެ  385،000 ރައްޔިތުން ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ބަދަލުވާން ޖެހިފައެވެ.

މި ހަމަލާތަކަކީ ޖުލައި މަހުގެ ހަމަ ނުޖެހުމުގައި 48 މީީހުން މަރުވި ފަހުން ހިނގި އެންމެ ނުރައްކާ ހަމަނުޖެހުމެެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް