ރާއްޖެއާއި ޔޫކޭއާ ދެމެދު މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ ޔޫ.އެން އާންމު މަޖިލީހުގެ (UNGA80) ތެރެއިން، ކްލައިމެޓް ވީކް އެންވައިސީ (ClimateWeekNYC) ގެ ހަރަކާތްތަކާ ދިމާކޮށް، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤު އިބްރާހިމް، ޔޫކޭގެ ކްލައިމެޓް މިނިސްޓަރ ކެއިޓީ ވައިޓް (H.E. Katie White) އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤުޞަދަކީ ދިވެހިރާއްޖެއާއި ޔޫކޭއާ ދެމެދު މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ގުޅޭގޮތުން ކުރެވޭ އެއްބާރުލުން އިތުރުކޮށް، ދެޤައުމުގެ ގުޅުން ބަދަހިކުރުމެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަތުމަށް ދެޤައުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ޚާއްސަކޮށް، ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް ޔޫކޭގެ އެހީތެރިކަން އިތުރަށް ހޯދުމާ ގުޅޭގޮތުން ވެސް ވާހަކަ ދެކެވިފައިވެއެވެ.

މި ބައްދަލުކުރެއްވުމުގެ ސަބަބުން ދިވެހިރާއްޖެއާއި ޔޫކޭއާ ދެމެދު މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން ކުރެވޭ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. ދެޤައުމުގެ އެއްބާރުލުމާއެކު މި ދާއިރާއިން ކުރިއަށް އޮތްތަނުގައި ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެ ކަމުގެ އުންމީދު ބޮޑެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް