ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ޑާކާ ޓޫރިޒަމް ފެއާގައި ބައިވެރިވެއްޖެ

ސެޕްޓެމްބަރު 18 އިން 20 އަށް ކުރިއަށްދިޔަ ޑާކާ ޓޫރިޒަމް ފެއާގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބައިވެރިވެއްޖެއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ފެއަރގައި ބައިވެރިވީ ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅިގެންނެވެ.

ފެއަރގައި އޭޝިއާ ސަރަހައްދުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ކުންފުނިތަކާއި ހިއްސާދާރުންގެ އަދި ސަރުކާރުތަކުގެ މުވައްސަސާތަކުންނާއި، އޭޖެންސީތަކުން ވަނީ ބައިވެރިވެފައެވެ. ފެއަރ މެދުވެރިކޮށް ވިޔަފާރިތަކާއި ކުންފުނިތައް އަދި ސަރުކާރު މުވައްސަސާތަކުގެ މެދުގައި ގުޅުން ވަރުގަދަކުރުމާއި، އެކުގައި ކުރިއަށް ދެވޭނެ ގޮތްގޮތާ ގުޅޭގޮތުން މަޝްވަރާ ކުރުމުގެ ފަހި ފުރުސަތުތަކެއް ލިބިގެން ދިޔަކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ފެއަރގެ މައިގަނޑު ހަރަކާތުގެ ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ކުންފުނިތަކާއި މުވައްސަސާތައް ގުޅުވައިދޭ ހާއްސަ އެގްޒިބިޝަނެއް ބޭއްވުން ހިމެނެއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާ ގުޅިގެން، ފެއަރގައި ބައިވެރިވި އެގްޒިބިޓަރުންނަށް އެފަރާތްތަކުގެ ވިޔަފާރިއާ ގުޅުންހުރި ޑިޖިޓަލް ބްރައުޗާތަކާއި ވީޑިއޯ އަދި އެހެނިހެން ޕްރޮމޯޝަނަލް މެޓީރިއަލް ބޭނުންކޮށް، ވިޔަފާރިތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި ތަކެތީގެ މައުލޫމާތު ފެއާގެ ބައިވެރިންނަށް ހިއްސާކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައިވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް