އެފްއޭއޯގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އިން ބޭއްވި ބީބީއެންޖޭ ޕްރޮޕްކޮމް2 ގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ ޑިރެކްޓަރ ޖެނެރަލް ހުސައިން ޝިނާންއެވެ.

ދިވެހިންގެ މުޖުތަމަޢުތައް ކަނޑާ ގުޅިފައިވާ މިންވަރާއި ކަނޑުގެ ދުޅަހެޔޮކަމާއި މި މުޖުތަމަޢުތަކުގެ ދެމިއޮތުން ގުޅިލާމެހިފައިވާ ގޮތް އެ ބައްދަލުވުމުގައި ރާއްޖެއިން ފާހަގަކުރިއެވެ.

ބީބީއެންޖޭ އެއްބަސްވުމުން ރާއްޖެއަށް އެކި ގޮތްގޮތުން ފައިދާކުރަނެއެވެ. އެގޮތުން އެކި އޮނިގަނޑުތަކާއި އަދި ބައިނަލްއަގުވާމީ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން ހަރުދަނާކުރުން ހިމެނެއެވެ. އޭގެ ތެރޭގައި އާރްއެފްއެމްއޯތަކާއި ގިނަ ޤައުމުތަކުގެ މެދުގައި ވެވޭ ތިމާވެށީގެ އެއްބަސްވުންތައް ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް