ޒެލްންސްކީއާއެކު ޔޫރަޕުގެ ލީޑަރުން ވައިޓްހައުސްއަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދައުވަތަކަށް އެގައުމަށް ދަތުރުކުރަން ހަމަޖެހިފައިވާ ޔޫކްރެއިންގެ ރައީސް ވޮލޮޑްމީއަ ޒެލެންސްކީއާއި ގުޅެން ޔޫރަޕްގެ ލީޑަރުން ނިންމައިފި އެވެ.

ޔޫރަޕްގެ ލީޑަރުން ވަނީ ހޯމަ ދުވަހު ވައިޓް ހައުސްގައި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ އާއި އެމެރިކާގެ ރައީސް ޓްރަމްޕް އާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށް ބުނެފަ އެވެ.

ޔޫރަޕްގެ ލީޑަރުންގެ މިނިންމުން އައިސްފައި މިވަނީ ހުކުރު ދުވަހު އަލާސްކާގައި ރަޝިޔާގެ ރައީސް ވްލަޑިމިރް ޕުޓިން އާއެކު ބޭއްވުނު ބައްދަލުވުމުގައި ޔޫކްރެއިންގެ ހަނގުރާމަ ނިންމުމާ ގުޅޭގޮތުން އެއްބަސްވުމަކަށް ވާސިލުވުމަށް އެމެރިކާގެ ރައީސަށް އެއްބަސްވުމަކަށް ނާދެވުނު ފަހުންނެވެ.

އެމެރިކާގެ ރައީސް ވަނީ އޭގެ ފަހުން ޔޫކްރެއިންގައި ހަނގުރާމަ ހުއްޓުވުމުގެ ބަދަލުގައި ދާއިމީ ސުލްހައެއް ޤާއިމުކުރުމަށް ބޭނުންވާ ކަމަށް ބުނެފަ އެވެ.

ވޮޝިންގްޓަނަށް ދަތުރުކުރާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އިނގިރޭސި ބޮޑުވަޒީރު ކީއަް ސްޓާމަރ، ފަރަންސޭސި ރައީސް އެމެނުއެލް މެކްރޯން، ޖަރުމަނުގެ ޗާންސެލާ ފްރީޑްރިޗް މާޒް، ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރްސުލާ ވޮން ޑަ ލެޔަން އަދި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރުޓެ އެވެ.

ޔޫކްރެއިންގައި ހަނގުރާމަ ހުއްޓުވުމަކީ ޕުޓިން އާ ބައްދަލުކުރުމުގެ ކުރިން ޓްރަމްޕްގެ މައިގަނޑު އެއް ޑިމާންޑް ކަމުގައި ވީނަމަވެސް، އޭގެ ފަހުން އޭނާ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް "ގިނަ ފަހަރަށް ހަމަލާ ބަދަލުކުރުން ހުއްޓުވިއަސް އެކަން ދެމެހެއްޓިފައެއް ނުވޭ" އަދި "ސީދާ ސުލްހައިގެ އެއްބަސްވުމަކަށް ދިއުން މާ ރަނގަޅުވާނެ" ބުނެފަ އެވެ.

ހުކުރު ދުވަހު އޮތް ޓްރަމްޕް-ޕުޓިން ބައްދަލުވުމަށް ޔޫރަޕުގެ ލީޑަރުންގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ޔޫރަޕުން ހަމަލާ ބަދަލުކުރުން ދިގު މުއްދަކަށް ހުއްޓުމަކަށް ގެނައުމަށް ތާއީދުކުރަމުން އައި ނަމަވެސް، މިހާރު އައިސްފައިވާ ބަދަލާމެދު ފާޑުކިޔުމަކަށް ނުގޮސް ތިބެން މަސައްކަތްކުރަމުންދެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޕުޓިން ވަނީ ޓްރަމްޕަށް ސުލްހައިގެ ހުށަހެޅުމެއް ހުށަހަޅާފައެވެ. އެ ހުށަހެޅުމުގައި ވަނީ ޔުކްރެއިން އިން ޑޮންބާސްގެ ޑޮނެޓްސްކް ސަރަހައްދު ދޫކޮށް އަނބުރާ ދިއުމުން، ރަޝިޔާއިން ޒަޕޮރިޒިޔާ އަދި ކާސަންގައި ހަނގުރާމަކުރުން ހުއްޓާލުމަށެވެ.

ރަޝިޔާއިން ޑޮންބާސް އަކީ ރަޝިޔާގެ ސަރަހައްދެއްކަމަށް ދަޢުވާކުރެއެވެ. އަދި ލުހަންސްކްގެ ގިނަ ބައެއް އަދި ޑޮނެޓްސްކްގެ ގާތްގަނޑަކަށް 70 އިންސައްތަ ކޮންޓްރޯލްކުރެއެވެ.

އަދި މީގެ އިތުރުން ރަޝިޔާއިން ވަނީ 2014 އަހަރު ގައި ޔުކްރެއިންގެ ކްރައިމިއާ އަތުލާފައެވެ. މިއީ ހަނގުރާމަ ފެށުމުގެ 8 އަހަރު ކުރިންނެވެ.

ޔުކްރެއިންގެ ރައީސް ވަނީ ކުރިން ޑޮންބާސް (ލުހަންސްކް އަދި ޑޮނެޓްސްކް ސަރަހައްދުތައް ހިމެނޭ) ސަރަހައްދު ގެ ކޮންޓްރޯލް ދޫކޮށްލުމަށް އިންކާރުކުރައްވާފައެވެ. އެނާ ވިދާޅުވަނީ މިއީ މުސްތަޤްބަލުގައި ރަޝިޔާއިން އިތުރު ހަމަލާތަކެއް ދިނުމަށް ބޭނުންކުރެވިދާނެ ކަމެއްކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް