ޕާކިސްތާނުގައި ވާރޭވެހި ފެންބޮޑުވި ހާދިސާގައި އެތައްބަޔަކު މަރުވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ޕާކިސްތާނުގައި ވާރޭވެހި ހިނގި ފެންބޑުވުމުގެ ހާދިސާއާއި ގުޅިގެން އެތައްބަޔަކު މަރުވުމުގެ ހިާމަވެރި ހާދިސާއާ ގުޅިގެން ރައިސުލްޖުމުހޫރިއްޔާ އެކަމުގެ ހިތާމަފައުޅުކުރައްވާ ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެގޮތުން އެމަނިކުފާނުގެ އެކްސް އެކައުޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް ހަމްދަރުދީ ފާޅުކުރައްވައި އެހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރާއްޔިތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ފޮނުއްވިއެވެ.

ޕާކިސްތާނަށް ކުރިމަތިވި މިހިތާމަވެރި ދަނޑިވަޅުގައި ދިވެހި ރާއްޖެވަނީ އެޤައުމުގެ ރައްޔިތުންނާއި އެކުގައިި ކަމަށް އެމަނިކުފާނުގެ މެސެޖްގައި ވިދާޅުވިއެވެ.

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވުމުގެ ހާދިސާގައި އެ ގައުމުގެ 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް