އިންޑޮނޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ފޮނުއްވައިފި

އިންޑޮނޭޝިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ސުޖިއޯނޯ އަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރގެ މެސެޖުގައި އިންޑޮނޭޝިއާގެ 80 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި އިންޑޮނޭޝިއާގެ ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއްކަމަށާއި، ދިވެހިރާއްޖެއާއި އިންޑޮނޭޝިއާ އާއި ދެމެދުގައިވާ އެކުވެރި އަދި ގާތް ގުޅުން، ދެ ޤައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އިތުރަށް ބަދަހިވެގެންދާނޭކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.

އަދި މި ފުރުސަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރުގެ ދުޅަހެޔޮ ސިއްހަތާއި އިންޑޮނޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާކަމަށްވެސް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް