ލިކްޓަންސްޓައިންގެ ޤައުމީ ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ލިކްޓަންސްޓައިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އެންވަޔަރަންމަންޓް އެންޑް ކަލްޗަރ ސަބީނޭ މުނައުނީ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލްގެ ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ މެސެޖުގައި ލިކްޓަންސްޓައިންގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ކަމަނާއަށާއި ލިކްޓަންސްޓައިންގެ ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ އާއި މުބާރަކުބާދީ އަރިސްކުރިއެވެ.

އަދި ދިވެހިރާއްޖެ އާއި ލިކްޓަންސްޓައިން އާ ދެމެދު އޮންނަ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކަމަނާއާއި ގުޅިގެން ކުރިއަށް އޮތް އަހަރުތަކުގައި މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް