ޕާކިސްތާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ޕާކިސްތާން ގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މރ. މުހައްމަދު އިސްހާޤް ދާރު އަށް ތަޙުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ޑރ. ޚަލީލު ފޮނުއްވި މެސެޖުގައި، ޕާކިސްތާން ގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޕާކިސްތާން ގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާކަމަށް ވިދާޅުވެފައިވެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް އެކުވެރި ގުޅުން ބިނާވެފައިވަނީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމް އާއި ދެމުންގެންދާ އެއްބާރުލުމުގެ މައްޗަށްކަމަށް ވެސް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން، މިހާރު ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ ސުލްހަ އާއި ތަރައްޤީ އަދި ކުރިއެރުމަށް، ގުޅިގެން އެކުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެރުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް