ޔުއެފާ ޗެމްޕިއަންސް ލީގުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖްގެ ދަނޑުގައި ރޭ ކުޅުނު މެޗުން، އެލެގްޒެންޑަރ އިސާކް ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 3-0 ގެ ނަތީޖާއިން ލިވަޕޫލް މޮޅުވެއްޖެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް ކުރި ހޯދައިދިނީ އިސާކްއެވެ. ދެވަނަ ލަނޑު ފްލޯރިއަން ވާޓްޒް ކާމިޔާބުކޮށްދިނުމަށްފަހު، މެޗު ނިމެން ކައިރިވެފައިވަނިކޮށް އިސާކް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައިދީ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.
މި މޮޅާއެކު ލިވަޕޫލަށް ވަނީ މި މުބާރާތުގެ ލީގު ބުރުގައި ކުޅުނު 5 މެޗުން 12 ޕޮއިންޓް ލިބިފައެވެ.
ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި ވާދަކުރާ 36 ޓީމުގެ ތެރެއިން ގަދަ 8 ޓީމަށް ދެވަނަ ބުރުގެ ސީދާ ޖާގަ ލިބޭއިރު، މި މޮޅާއެކު އެ ޖާގަ ހޯދުމުގެ ފުރުޞަތު ލިވަޕޫލަށް ތަނަވަސްވެއްޖެއެވެ.





