އެފްއޭއެމް ވިމެންސް ލީގު 2026 ގައި މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު 10-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެއްޖެއެވެ.
ހެންވޭރު ދަނޑުގައި ކުޅުނު މި މެޗުގައި ނިއު ރޭޑިއަންޓުގެ ކުޅުންތެރިއަކު ވަނީ ހެޓްރިކެއް ހަދާފައެވެ.
މި ދެ ޓީމު ލީގުގެ ފުރަތަމަ ބުރުގައި ބައްދަލުކުރި މެޗު ނިއު ރޭޑިއަންޓުން ކާމިޔާބުކޮށްފައިވަނީ 15-0 ގެ ނަތީޖާއަކުންނެވެ.
މި މޮޅާއެކު 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ނިއު ރޭޑިއަންޓް މިވަގުތު އޮތްއިރު، ލީގުގައި އެ ޓީމަށް ދެން ބާކީ އޮތީ ދެ މެޗެވެ. އެއީ މޯލްޑިވްސް ސޮކަރ މޭޓްސް (އެމްއެސް މޭޓްސް) އާއި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅެންޖެހޭ މެޗުތަކެވެ.
15 ނޮވެމްބަރުން ފެށިގެން 3 ޑިސެމްބަރާ ހަމައަށް ކުރިއަށްދާ މި ލީގުގައި މިއަހަރު ވާދަކުރަނީ ހަތަރު ޓީމެވެ. ލީގު ކުރިއަށްދަނީ ކޮންމެ ޓީމަކުވެސް އަނެއް ކޮންމެ ޓީމަކާ ދެ މެޗު ކުޅޭ ގޮތަށް ކަމަށްވާއިރު، ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށެވެ.





