ގައްދޫ ބަލިކޮށް، ބިސް ބުރު ޕްރިމިއަރ ލީގުގެ ތިންވަނައަށް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ކުޅުނު މެޗުގައި ގދ. ގައްދޫ 1-0 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބު ލީގު ތާވަލުގެ ތިންވަނައަށް އަރައިފިއެވެ.

ގައްދޫ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ހަމައެކަނި ލަނޑު ޖެހުނީ 23 ވަނަ މިނެޓުގައި ބިސް ބުރަށް ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ނައިޖީރިއާގެ މިޑްފީލްޑަރު އަރެމޫ ޓިމޮތީއެވެ.

އެ ލަނޑަށް ފަހު މެޗުގައި ގޯލެއް ނުފެނުނު ނަމަވެސް، ގައްދޫގެ ފަރާތުން ވެސް ހަމަލާތައް ފެނިގެން ދިޔައެވެ.

މި މޮޅާއެކު ބިސް ބުރު ވަނީ ލީގުގައި ކުޅުނު ހަތް މެޗުން 12 ޕޮއިންޓް ހޯދާފައެވެ.

އަނެއްކޮޅުން، ގައްދޫ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުންވެސް ބަލިވެފައެވެ. އެ ޓީމު އަދިވެސް އޮތީ ލީގު ތާވަލުގެ އެންމެ ފުލުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް