މެކްސިކޯއާއި އިންގްލެންޑް ބައްދަލުކުރާ މުހިންމު މެޗުގެ ކުރިން، އިންގްލެންޑް ޓީމުގެ ކުޅުންތެރިންގެ ނިދި ބުރޫއަރުވާލުމަށްޓަކައި މެކްސިކޯގެ ސަޕޯޓަރުން އިންގްލެންޑް ޓީމު ތިބި ހޮޓާ ބޭރުގައި ބާރަށް ހޯން އަޅައި، ހަވާ އަރުވައި ބޮޑު ހަލަބޮލިކަމެއް އުފައްދައިފިއެވެ.
މިއީ ބޮޑެތި މެޗުތަކުގެ ކުރިން އިދިކޮޅު ޓީމުގެ ކުޅުންތެރިން ވަރުބަލިކޮށްލުމަށްޓަކައި ފުޓްބޯޅައިގެ ސަޕޯޓަރުން އާންމުކޮށް ބޭނުންކުރާ އުކުޅެކެވެ. ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި މެކްސިކޯއާ ދެކޮޅަށް ނުކުތުމަށް އިންގްލެންޑް ޓީމުން ތައްޔާރުވަމުންދާއިރު، މެކްސިކޯގެ ސަޕޯޓަރުން ބެލީ މުޅި ރޭ ބާރަށް އަޑުގަދަކޮށް، އިންގްލެންޑް ކުޅުންތެރިންނަށް އެދެވޭ އަރާމެއް ނުލިބޭނެ ގޮތް ހެދުމަށެވެ.
ހޮޓަލުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކާއި ފުލުހުން ގުޅިގެން ސަޕޯޓަރުން ފޮނުވާލުމަށް މަސައްކަތް ކުރި ނަމަވެސް، އެތައް ގަޑިއިރެއް ވަންދެން ސަޕޯޓަރުން ދިޔައީ ހޮޓާ ކައިރީގައި އަޑުގަދަކުރަމުންނެވެ. މި ހާދިސާގެ ސަބަބުން ކުޅުންތެރިންނަށް އެދެވޭ ވަރަށް ނިދި ނުލިބި، ދަނޑުމަތީގައި ދައްކާ ކުޅުމަށް މީގެ އަސަރުކޮށްފާނެތީ އިންގްލެންޑްގެ ސަޕޯޓަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



