ރާއްޖޭގައި ބާއްވާ ފުރަތަމަ އައިޓީއެފް ޓެނިސް މުބާރާތް، އައިޓީއެފް ޖޭ30 ޓެނިސް މުބާރާތް މިއަދު ހެނދުނު ފަށައިފިއެވެ.
މާލޭ ޓެނިސް ގްރައުންޑުގައި ފެށި މި މުބާރާތުގައި އެކި ގައުމުތަކުގެ 32 އެތުލީޓުން ވާދަކުރާއިރު މިއީ 18 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. އަދި މި މުބާރާތުގައި ރާއްޖޭގެ ޖޫނިއާ ޤައުމީ ޓީމުގެ ޓެނިސް ކުޅުންތެރިން ވާދަކުރެއެވެ. މިއަދު ހެނދުނު ކުޅުނު މެޗުތަކުގެ ތެރޭގައި ރާއްޖޭގެ މިކާ މުހައްމަދު ކަލީމް ވަނީ އޮސްޓްރޭލިއާގެ ކުޅުންތެރިޔަކާ ވާދަކޮށްފައެވެ.
އަދި ނީމް އަހުމަދު ސަލީމް ވަނީ އިންޑިއާ ކުޅުންތެރިޔަކާއި ވާދަކޮށްފައިވާއިރު އަޒިތާ އައިޝާ ޔާމިން ވަނީ އިންޑިއާ ކުޅުންތެރިއަކާއި ވާދަކޮށްފައެވެ. އަދި ލޫތް އަގީލް އަހުމަދު ވާދަކުރީ ތައިލޭންޑްގެ ކުޅުންތެރިޔަކާއެވެ. އައިޝަތު ލިވިޔާ ކަތީރު ވަނީ ޗައިނީޒް ޓައިޕޭގެ ކުޅުންތެރިޔަކާއި ވާދަކޮށްފައެވެ. އަދި ރާއްޖޭގެ ސިމަކް ސިމް ޖާބިރު ވަނީ އިންޑިއާ ކުޅުންތެރިއަކާއި ވާދަކޮށްފައެވެ.
18 އޮގަސްޓުގައި މި މުބާރާތުގެ މެއިން ޑްރޯގެ މެޗުތަށް ފެށުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި އެމެރިކާ، އޮސްޓްރޭލިއާ، ޔޫކްރެއިން، ރަޝިޔާ، ފްރާންސް، ޗައިނާ، ސިންގަޕޫރު، ތައިލޭންޑް، އިންޑިއާ، ސައުދީ އަރަބިއްޔާ އަދި ސްވިޓްޒަލޭންޑް ފަދަ ގައުމުތަކުގެ މި އުމުރުފުރާގެ މަތީ ފަންތީގެ ކުޅުންތެރިން ހިމެނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް