އިލެކްޝަންސް ކޮމިޝަނުން (އީސީ) އަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އީސީން ބުނީ، އެ ޕާޓީ ޖޫރިމަނާކުރީ، ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި، ސިޔާސީ ޕާޓީގެ ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޕާޓީން ކޮށްފައިވާ އެންމެހައި ހަރަދުތަކުގެ ތަފްސީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާކަމަށް ފާހަގަކޮށްފައިވާތީ ކަމަށެވެ.
އެ މާއްދާގައި، ސިޔާސީ ޕާޓީތަކުން ކުރާ އެންމެހައި ހަރަދުތައް ތަފްސީލާއެކު ބެލެހެއްޓުން ލާޒިމުކޮށްފައިވެއެވެ.
އަދި ޕާޓީގެ އޮޑިޓް ރިޕޯޓު އޮޑިޓްކޮށްފައިވާ ފަރާތުން، 2024 ވަނަ އަހަރު ޕާޓީގެ ބައެއް މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދާ ގުޅޭ ލިޔުންތައް ހުށަހަޅާފައި ނުވާތީ، އެކަންކަން ކަށަވަރުނުކުރެވޭ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.





