ހޭންޑްބޯލް މޯލްޑިވްސްގެ އޮފީހުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އިމާރާތަށް ގެއްލުން ލިބިއްޖެ

ހޭންޑްބޯލް މޯލްޑިވްސްގެ އޮފީސް ހިންގާ އިމާރާތުގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައި، އިމާރާތަށް އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ބުނީ، މި ހާދިސާއާ ބެހޭ މައުލޫމާތު ލިބުނީ ހެނދުނު 06:05 ހާއިރު ކަމަށެވެ. މައުލޫމާތު ލިބުމާއެކު މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

އަލިފާން އިތުރަށް ފެތުރިގެން ދިޔަނުދީ، 06:21 ހާއިރު އެއްކޮށް ނިއްވާލެވުނު ކަމަށް ސިފައިން ބުނެފައިވެއެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވެސް ސިފައިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް