ކޫރިއަރ މެދުވެރިކޮށް ގެނައި ޕެކޭޖެއްގެ ތެރެއިން 3.6 ކިލޯގެ ކެނެބިސް ކަސްޓަމްސްއިން އަތުލައިގެންފި

ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 3،600 ގްރާމްގެ ކެނެބިސް، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ، މި ތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 23 ވަނަ ދުވަހު، ހޯމަ ދުވަހު ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖެއް ބަލައި ފާސްކުރަމުން ދިޔައިރު ކަމަށެވެ.

އެ ޕެކޭޖްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައިވާ ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރިއިރު، ކެނެބިސް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް