ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެގުމުގައި މުޅި ރާއްޖޭގައި ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، މިހާތަނަށް 2.5 މިލިއަނަށްވުރެ ގިނަ ގަސް އިންދައި، މަޝްރޫޢުގެ %50 ފުރިހަމަކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ ދަށުން މިހާތަނަށް ޖުމްލަ 2،556،340 ގަސް ވަނީ އިންދާފައެވެ.
ކުންފުނިތަކުން އިންދާފައިވާ ގަސްތަކަށް ބަލާއިރު، އެންމެ ގިނަ ގަސް އިންދާފައިވަނީ ރޯޒްވުޑް ކުންފުނިންނެވެ. އެ ކުންފުނިން 1،478،244 ގަސް ވަނީ އިންދާފައެވެ. އޭގެ އިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ވެސް ކޮންމެ ކުންފުންޏަކުން އެއް މިލިއަން ގަސް ވަނީ އިންދާފައެވެ.
ރާއްޖޭގެ ފެހިކަން އިތުރުކޮށް ތިމާވެށި ހިމާޔަތްކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މަސައްކަތުގައި، ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކުން ވެސް ދަނީ ބައިވެރިވަމުންނެވެ.
ސަރުކާރުގެ އަމާޒަކީ ބާކީ އޮތް ބައި ވެސް ނިންމައި، ކަނޑައެޅިފައިވާ ފަސް މިލިއަން ގަހުގެ އަމާޒު ހާސިލުކުރުމެވެ.





