ފޭދޫގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އާއިލާއަށް އެހީ ފޯރުކޮށްދެނީ

އައްޑޫ ސިޓީ ފޭދޫގައި ބްލޫސްޓާ ނަމަކަށް ކިޔާ ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ގޭގައި ދިރިއުޅުނު އާއިލާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ފަށައިފިއެވެ.

އެންޑީއެމްއޭއިން ބުނީ، މި އަލިފާނުގެ ހާދިސާ ހިނގީ އެ ގޭގެ ކަރަންޓު ބޯޑެއް ޝޯޓްވެގެން ކަމަށެވެ.

އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދަނީ އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

މި ހާދިސާގައި ބްލޫސްޓާ ގެއަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް