އައްޑޫ ސިޓީ ގަމާއި ހުޅުމީދޫއާ ދެމެދު ސްޕީޑް ފެރީގެ ދަތުރުތައް އަންނަ އަންގާރަ ދުވަހު، ޑިސެމްބަރު 1 އިން ފެށިގެން ރަސްމީކޮށް ފަށާނެ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނެފައިވަނީ، އަލަށް ތައާރަފްކުރާ މި ރޫޓުގެ ސަބަބުން ގަމާއި ހުޅުމީދޫއާ ދެމެދު ދަތުރުފަތުރުކުރުން މިހާރަށްވުރެ ފަސޭހަވެ، ރައްޔިތުންނަށް އަވަސް ޚިދުމަތެއް ލިބިގެންދާނެ ކަމަށެވެ.
އެމްޓީސީސީއިން ހާމަކުރި ގޮތުގައި، މި ދަތުރުތައް ބާއްވާނީ ހަފުތާގެ ހުރިހާ ދުވަހަކު 07:00 އާއި 22:00 އާ ދެމެދުގައެވެ.
ދަތުރުތަކާ ގުޅޭ އިތުރު މައުލޫމާތު 1650 އަށް ގުޅައިގެން ހޯދޭނެ ކަމަށް ވެސް އެމްޓީސީސީއިން ވަނީ ބުނެފައެވެ.





