ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ޗައިލްޑް ހެލްޕްލައިން 1412 އަށް މިދިޔަ އޮކްޓޯބަރު މަހު 1775 ކޯލް ލިބިފައިވާ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޮކްޓޯބަރު މަހު ވުޒާރާގެ ހެލްޕްލައިންތަކަށް ޖުމްލަ 2324 ކޯލް ލިބިފައިވާއިރު، އެންމެ ގިނައިން ކޯލް ލިބިފައިވަނީ ޗައިލްޑް ހެލްޕްލައިނަށެވެ. އަދި ސޯޝަލް ސާވިސް ހެލްޕްލައިން 1421 އަށް 549 ކޯލް ވަނީ ލިބިފައެވެ.
ހެލްޕްލައިންތަކުގެ އިތުރުން، މިދިޔަ މަހު 141 ފަރާތަކަށް ވުޒާރާއިން ކައުންސިލިން ސެޝަން ފޯރުކޮށްދީފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި 24 ފަރާތަކަށް ޕޭރެންޓިން ސެޝަން ކުރިއަށް ގެންގޮސްފައިވާއިރު، 24 ފަރާތަކަށް ސައިކޯސޯޝަލް ސަޕޯޓް ވެސް ވަނީ ފޯރުކޮށްދީފައެވެ.





