މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 153 ކުއްޖަކު ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށުގައިވާ މި ކުދިންގެ ތެރޭގައި 89 ފިރިހެން ކުދިންނާއި 64 އަންހެން ކުދިން ހިމެނެއެވެ.
އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ތިން ކުއްޖަކު އޮކްޓޯބަރު މަހު އެ ކުދިންގެ އާއިލާތަކާއި ރީއިންޓިގްރޭޓްކޮށްފައިވާ ކަމަށް ވެސް ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.





