ހ. އުނިޔާގޭގައި ރޯވި އަލިފާނުގެ ސަބަބުން އެ އިމާރާތުގެ ހަތަރު ފަންގިފިލާއަކަށް ގެއްލުންވެ، އެތަނުގައި ދިރިއުޅޭ 23 މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހަމަޖައްސައިދީފިއެވެ.
އެންޑީއެމްއޭއިން މައުލޫމާތު ދިން ގޮތުގައި، އަލިފާން ވަނީ ކޮންޓްރޯލްކޮށް ނިއްވާލައިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އަލިފާނުގެ ސަބަބުން އިމާރާތުގެ 3، 4، 5 އަދި 6 ވަނަ ފަންގިފިލާއަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
މީގެ އިތުރުން، އެންމެ ބޮޑަށް ގެއްލުން ލިބުނު 4 ވަނަ ފަންގިފިލާގައި ދިރިއުޅޭ 7 މީހަކަށް އަންނައުނުގެ އެހީތެރިކަން ވެސް އެ އޮތޯރިޓީން ވަނީ ފޯރުކޮށްދީފައެވެ.





