ކޫލް ސްކޫލް ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް 80 ހޯލާއި 113 އަށްވުރެ ގިނަ ސްކޫލު އޭސީކޮށްފި

ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކުރުމުގެ ޤައުމީ މަޝްރޫއު "ކޫލް ސްކޫލް" ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް 113 އަށްވުރެ ގިނަ ސްކޫލު އޭސީކޮށް ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އިއްޔެ އާންމުކުރި މައުލޫމާތުގައި ބުނީ، މި ޕްރޮޖެކްޓުގެ ދަށުން 80 ހޯލް ވެސް އޭސީކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ސަރުކާރުގެ 217 ސްކޫލު ހުންނައިރު، އެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކާއި ހޯލްތައް ދެ އަހަރުގެ ތެރޭގައި އޭސީކުރުމުގެ އަމާޒުގައި މި ޕްރޮޖެކްޓް ފެށީ 2024 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ސްކޫލުތަކަށް ބޭނުންވާ އޭސީތައް ހޯދައި ހަރުކުރުމަށް ފެނަކަ ކޯޕަރޭޝަނާއެކު ސޮއިކުރީ މިދިޔަ އަހަރުއެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 54 މިލިއަން ރުފިޔާއަށެވެ.

ބައެއް ރަށްރަށުގެ ކަރަންޓު ނެޓްވޯކު އެކަމަށް އެކަށީގެންވާ ފެންވަރުގައި ނެތުމުގެ ސަބަބުން މަސައްކަތް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ފެނަކައިން ކުރިން ވަނީ ބުނެފައެވެ.

މި ޕްރޮޖެކްޓަކީ ދަރިވަރުންނަށް އުނގެނުމަށް ފަހި، އަރާމު މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް