މިދިޔަ ހަފުތާގައި އިތުރު މީހަކަށް ހިމަބިހި ޖެހި، މި އަހަރުގެ ޖުމްލަ އަދަދު 291 އަށް އަރައިފި

މިދިޔަ ހަފުތާގައި އިތުރު މީހަކަށް ހިމަބިހި ޖެހިފައިވާ ކަމަށާއި، އޭގެ ފަހުން މި އަހަރު ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު 291 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހިމަބިހީގެ ވެކްސިން މިހާތަނަށް 17،524 މީހަކަށް ދީފައިވެއެވެ.

ރާއްޖޭގައި ހިމަބިހި ނައްތާލާފައިވާ ނަމަވެސް، މި އަހަރު ވަނީ ބަލި ޖެހޭ މީހުން އަލުން ފެންނަން ފަށާފައެވެ.

ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުން، ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް