ބޯކޮށް ވާރޭވެހި ވައިގަދަވާނެތީ ބ. އަތޮޅުން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ބުނީ، ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 07:00 އިން ފެށިގެން 11:00 ގެ ނިޔަލަށް ކަމަށެވެ. އެ ވަގުތުތަކުގައި އެ ސަރަޙައްދުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން، މިއަދު މެންދުރު 12:00 ގެ ނިޔަލަށް މުޅި ރާއްޖެއަށް ހުދު ސަމާލުވެސް ނެރެފައިވެއެވެ. އެ ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރަ އަލިވާން ފަށާނީ މާދަމާއިން ފެށިގެންނެވެ.

މި ދުވަސްވަރު މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް