މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއް މިހާރު ނިއްވާލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު މެންދުރުފަހު 15:42 އެހައިކަންހާއިރު މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.





