ރޭ ދަންވަރު ގއ. ފެނަހުއްޓާ ފަރަށް "ދެރަހާ" ނަމަކަށް ކިޔާ ދޯންޏެއް އަރައި، އޭގެ ފަހަތްކޮޅު އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، އެ ދޯނީގައި ތިބި އެންމެން އެމްއެންޑީއެފުން ވަނީ ސަލާމަތްކޮށްފައެވެ.
ފުލުހުން ބުނީ، މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ގއ. އަތޮޅު ޕޮލިސް ލޯންޗާއި އެމްއެންޑީއެފްގެ ޓީމުތަކުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި އެންމެން ވަނީ އެމްއެންޑީއެފްގެ ހާބަރ ޕެޓްރޯލް ލޯންޗަށް ނަގާފައެވެ. އަދި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މިހާރު އެމްއެންޑީއެފްގެ ޑައިވަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން، ދޯންޏަށް ލިބިފައިވާ ގެއްލުންތައް ބަލަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.





